Linking roads for unity and awareness header image 4

ހުރިހާ ' ޚަބަރު ' ޕޯސްޓްތައް

ސިވިލް ސަރވިސް ޤާނޫނަށް 2 ވަނަ އިޞްލާހު ގެނައުމުގެ ބިލުމުގެ ސަބަބުން ސަރުކާރުގެ ތަންފީޒީ ބާރުގެ ތެރެއިން ރައީސަށް އޮންނަ ދައުރު ހަނިވެގެންދޭ - ރައީސް ނަޝީދު

ޖުލައި 10, 2010 · 0 ހިޔާލު

ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ދިވެހި ސިވިލް ސަރވިސް ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ސަބަބުން ސަރުކާރުގެ ތަންފީޒީ ގުނަވަން ހިންގާނެ އެންމެ އިސްމީހުން ކަނޑައެޅުމުގައި، ސަރުކާރުގެ އެންމެ އިސްވެރިޔާއަށް އޮންނަންވާނެ މިންވަރަށްވުރެ ދައުރު ހަނިވެގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިބިލް ތަޞްދީޤު ނުކުރައްވައި، އިއްޔެ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާތީ، މިބިލް މަޖިލީހަށް ފޮނުއްވި ސަބަބުތައް ހާމަކުރައްވައި، އިއްޔެ އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު [...]

[އިތުރު ތަފްސީލް »]

ޓެގުތަޑް: ޚަބަރު

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައި، އިލެކްޝަންސް ކަމިޝަނަށް، ރައީސުލް ޖުމްހޫރިއްޔާ މެމްބަރުން ޢައްޔަން ކުރައްވައިފި

ނޮވެމްބަރ 25, 2009 · 0 ހިޔާލު

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވީ ވ. މިއަރެސް އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދެވެ. މިމަގާމުގެ ފަތްކޮޅު ދެއްވުން އޮތީ އިއްޔެ މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ފަތްކޮޅު ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހޯމްއެފެއާޒްގެ ސްޓޭޓް މިނިސްޓަރ ކަމުގެ މަގާމުގައި އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ހުންނަވައިގެން، ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް، ހަރުދަނާކަމާއެކު ހެޔޮގޮތުގައި ގެންގޮސްދެއްވުމަށް އެދިވަޑައިގަތެވެ. އަދި މިހާތަނަށް ޙުސައިން [...]

[އިތުރު ތަފްސީލް »]

ޓެގުތަޑް: ޚަބަރު

ޑިމޮކްރަސީ ފެއަރއަށް 21000 އަށްވުރެ ގިނަމީހުން ޒިޔާރަތްކުރިކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފި

ނޮވެމްބަރ 16, 2009 · 0 ހިޔާލު

މިދިޔަ ހުކުރުދުވަހު ރެއިންފެށިގެން ދެދުވަހުގެ މުއްދަތަށް މާލޭގައި ބޭއްވުނު ޑިމޮކްރަސީ ފެއަރ ރޭ 11:00 ގައި ނިމުނުއިރު، 21000 އަށްވުރެ ގިނަ ރައްޔިތުން މިފެއަރއަށް ޒިޔާރަތްކުރިކަމަށް ރެކޯޑްތަކުން ދައްކާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިފެއަރ އިންތިޒާމްކުރުމަށް ނެގުނު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރު ފުރަހަނި ޝުއައިބް އަލީ މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ރެކޯޑް އަދަދެއްކަމަށެވެ. “މާލޭގެ ދަރުބާރުގޭގެ އެތެރެއާއި ބޭރުގައި މިސަރުކާރުން ފާހަގަކުރި ޑިމޮކްރަސީ ފެއަރއަށް 21500 އަށްވުރެ ގިނަމީހުން ޒިޔާރަތްކުރިކަމަށް އަޅުގަނޑުމެންގެ ރެކޯޑްތަކުން [...]

[އިތުރު ތަފްސީލް »]

ޓެގުތަޑް: ޚަބަރު

ގުޅިފައިވާ އިއްތިހާދުން އިދިކޮޅުފަރާތްތައް ސިއްސުވާލާފި

ނޮވެމްބަރ 10, 2009 · 0 ހިޔާލު

ނައިންޓެ
މިއަދުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދާ ސަޕޯޓެއްނެތޭ އިދިކޮޅު ފަރާތްތަކުން ގޮވަމުން ދަނިކޮށް ސަރުކާރުހިންގާ ގުޅިފައިވާ އިއްތިހާދުން އިދިކޮޅުފަރާތްތައް ސިއްސުވާލައިފިއެވެ.
އެމްޑީޕީ އިއްތިހާދުގެ ސަރުކާރަށް 1 އަހަރު ފުރުމުގެ މުނާސަބަގައި ބޯވާރޭގެ ތެރޭގައި އިއްޔެ ބޭއްވި ހިނގާލުމަށް ކުރިން އަންދާޒާ ކުރެވުނު ވަރަށްވުރެވެސް ގިނަ ބަޔަކު ހާޟިރުވިއެވެ. މި ސަރުކާރަށް ސަޕޯޓްކުރާ އެތަކެއް ސަތޭކަ ސަޕޯޓަރުންނެއް ބޯ ވާރޭގެ ތެރޭގައި ގޮވަމުންދިޔައީ މިއަދުގެ ސަރުކާރަކީ ރައްޔަތުންނަށް އޯގާތެރި ސަރުކާރެއް ކަމުގައެވެ. އަދި އަނިޔާވެރިންނާ ޚިޔާނާތްތެރިން ހިފާ ހައްޔަރުކުރަންވެސް ހިނގާލުމުގެ ބައިވެރިން [...]

[އިތުރު ތަފްސީލް »]

ޓެގުތަޑް: ޚަބަރު

ކޮއްކޮ އޭނާގެ ބޭބެއަށް ވަޅިން ހަމަލަދީ މަރާލައިފި

އޮކްޓޯބަރ 31, 2009 · 0 ހިޔާލު

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި ކޮއްކޮއަކު، އޭނާގެ ބޭބެގެ ކަރަށް ވަޅިން ހަމަލާދީ މަރާލައިފިއެވެ. މައުލޫމާތު ލިބުނު ގޮތުގައި އެއީ ވަނަމަކަށް “މާލޭ ހުސޭނު” ކިޔާ މީހެއްގެ ދެދަރިންނެވެ. އިއްޔެރޭގެ ދަންވަރުގެ ފަހުގެ ވަގުތެއްގައި މިކަންތައް ހިނގިކަމުގެ މައުލޫމާތު ލިބުމާއިއެކު، ޚަބަރުބެލުމަށް ކުރެވުނުމަސައްކަތުން، ކޮންމެވެސް ވަރަކަށް ކަންހިގާދިޔަގޮތް އޮޅުންފިލާފައިވެއެވެ. އިތުރަށް ވިދާޅުވޭ

[އިތުރު ތަފްސީލް »]

ޓެގުތަޑް: ޚަބަރު

ތަސްމީނު ރޭގައި ޕޮލިހަށް. . . މިއަދު އުއްތަމަ ފަޑިޔާރު ތަސްމީނުގެ ގެއަށް

އޮކްޓޯބަރ 29, 2009 · 1 ހިޔާލު

ޥޭތުވެދިޔަ ސަރުކާރުގެ ބޮޑެތި ކޮރަޕްޝަން ތަކުގެ މައްސަލަތައް، ރިއާސީ ކަމިޝަނުން ބަލަމުންގެންދާ ވާހަކަ އަޅުގަޑުމެންދަނީ، އަޑުއަހަމުންނެވެ. މީގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއްމައްސަލައެއް ކަމުގައިވަނީ ޑީ.އާރް.ޕީ ގެ ނާއިބު ޒަޢީމު އަހްމަދު ތަސްމީނު ގެ ޢާއިލީ ދެކުންޏަކަށް، މައުމޫނުގެ ކެމްޕޭން ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް ދޮވެލާފަ ލޯނުގެ ގޮތުގައި ދޫކުރި ވާހަކައެވެ. ހަމަ އެހެންމެ، ކަސްޓަމަށް ޑިއުޓީ އޮޅުވާލައިގެން، ވަރަށް ކުޑަކުޑަ ޑިއުޓީއެއް ދައްކައިގެން އެތެރެކުރި ދެ ލޯންޗްގެ ވާހަކައަކީވެސް މައުމޫނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު [...]

[އިތުރު ތަފްސީލް »]

ޓެގުތަޑް: ޚަބަރު

މޫދު އަޑީގެ ކެބިނެޓް ބައްދަލުވުން 60 އަށްވުރެ ގިނަ މީޑިއާއިން ކަވަރުކުރި

އޮކްޓޯބަރ 18, 2009 · 0 ހިޔާލު

ބައިނަލް އަޤްވާމީ މީޑިއާތކުން ރައީސް ނަޝީދަށް އިއްޔެ ތަޢުރީފު ކުރަމުން ގެންދިޔައީ ދުވަހަކުވެސް ކަމަކާއި ގުޅިގެން، ގައުމެއްގެ ވެރިއކަށް ތަޢުރީފު ކުރާނެ އެންމެ މަތިވެރި ދަރަޖައަށެވެ. މޫދުއަޑީގެ ބައްދަލުވުމަށްފަހު، ޕްރެސް ކޮންފަރެންސް ދެއްވައި ނިމުމުންވެސް ލައިވްކޮށް އެތައްއިރަކު ތައުރީފު އަރިސްކުރަމުން ގެންދިޔައެވެ.
އެއްގަމަށް އަރާވަޑައިގަތުމުން، ހުރިހާ މީޑިއާތައް އެމަނިކުފާނު ފަހަތްޕުޅުން ދުވަމުންދިޔަ މަންޒަރު ފެނުނު މީހުންނަށް، ބައިނަލް އަގްވާމީ މީޑިއާގެ ސަމާލުކަން އެމަނިކުފާނަށް އޮތްމިންވަރު އިހްސާސް ކުރެވޭނެއެވެ.  އިތުރަށް ވިދާޅުވޭ

[އިތުރު ތަފްސީލް »]

ޓެގުތަޑް: ޚަބަރު

އިއްޔެގެ މެންދުރުފަހު، އިންޑޮނީޝިޔާގެ ސުމަޓްރާއަށް ބާރުގަދަ ބިންހެލުމެއް

އޮކްޓޯބަރ 1, 2009 · 0 ހިޔާލު

އިއްޔެ މެންދުރުފަހު ބާރުގަދަ ބިންހެލުމެއް، އިންޑޮނީޝިޔާގެ ސުމަޓްރާއަށް ވަނީ އައިސްފައެވެ. ބީ.ބީ.ސީ  އިން ޚަބަރު ދިންގޮތުގައި މި ބިންހެލުމުގެ ބާރު މިނަކީ 6.9 އެވެ. އެހެން ބައެއް އިދާރާތަކުން ބުނިގޮތުގައި ބިންހެލުމުގެ ބާރުމިން މިއަށް ވުރެ ދަށެވެ.
އިއްޔެގެ 3.15 ހާއިރު އައި ބިންހެލުމާ ގުޅިގެން އިންޑޮނީޝިޔާގެ އިތުރުން އިންޑިޔާ މެލޭޝިޔާ އަދި ތައިލަންޑް ގައި ސުނާމީގެ އިންޒާރުތައް ދީފައިވެއެވެ. އިއްޔެ އައި މިބިންހެލުމުގެ ސަބަބުން ރާއްޖެ އަށް ސުނާމީ އެއް އަތުވެދާނެ ކަމުގެ ބިރެއް ނެތްކަމުގައި ނެޝަނަލް [...]

[އިތުރު ތަފްސީލް »]

ޓެގުތަޑް: ޚަބަރު

ރާއްޖޭގެ ރައީސް މުޙަންމަދު ނަޝީދު ހުށަހެޅުއްވި މުހިންމު ޤަރާރެއް ނިއުޔޯކުގައި ބޭއްވި ޖަލްސާގައި ފާސްވެއްޖެ

ސެޕްޓެމްބަރ 23, 2009 · 2 ހިޔާލު

ދުނިޔޭގެ ކުދިޖަޒީރާ ގައުމުތަކުގެ ސާޅީސް ހަތަރުގައުމެއްގެ އިއްތިހާދުން އެމެރިކާގެ ނިއުޔޯކުގައި މިހާރު ބާއްވަމުންދާ ޖަލްސާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހުށަހެޅުއްވި ވަރަށްމުހިންމު ގަރާރެއް އެމަނިކުފާނު ހުށަހެޅުއްވި ގޮތަށް ފާސްވެއްޖެއެވެ.
މިޖަލްސާ އަކީ ކޯޕަންހޭގަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ތިމާވެށްޓާބެހޭ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ޖަލްސާއެކެވެ. މިއީ ރައީސް ނަޝީދު ވަރަށްބޮޑަށް މަސައްކަތްކުރައްވައިގެން ރާއްޖެއަށް ހޯއްދަވައިދެއްވި ކާމިޔާބީއެއް ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދު ނިއުޔޯކުގައި ހުންނަވައިގެން ދިވެހިރާއްޖޭގެއަޑަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވިއެވެ. ޑރ. [...]

[އިތުރު ތަފްސީލް »]

ޓެގުތަޑް: ޚަބަރު

ހެންވޭރު އަވަށު އޮފީސް ފަޅާލައި، ކޮންމެވެސް އެއްޗެއް ހޯދަން ބަޔަކު އުޅެފި

މޭ 3, 2009 · 0 ހިޔާލު

ހެންވޭރު އަވަށުއޮފީހަކީ ދޭތެރެ ދޭތެރެއިން ފަޅާތަނެކެވެ. ކުރީގެ ސަރުކާރުގައި މިތަނަކީ، ޢަބްދުﷲ ހަމީދުގެ ހިބައިގައި އޮންނަ ތަނެކެވެ. މިފަހަރު މިތަން ފަޅާލައި ތިޖޫރީވެސް ހަލާކުކޮށްލިއެވެ. މިތަންފަޅާލައި ތިޖޫރީ ހަލާކުކޮށްލީ ފައިސާގެ ބޭނުމުގައިނަމަ، ތިޖޫރީ ތެރޭގައި ފައިސާނެތުމުން، ތިޖޫރީގެ އެތެރޭގައި ތިރީގައި ހުންނަ ކުޑަވަތްގަޑު ފަޅާނުލީ ކީއްވެބާއެވެ؟ ފައިސާގެ ބޭނުމުގައި އުޅުނުބައެއްނަމަ، ތިޖޫރީ ފަޅާލުމުން އެ ވަތްގަޑު ވަރަށް ފަސޭހައިން ހަލާކުކޮށް ލެވިދާނެކަން، ބަލާލުމުން އެގެއެވެ. ކަމާގުޅޭ ލިއުން

[އިތުރު ތަފްސީލް »]

ޓެގުތަޑް: ޚަބަރު