-ސަރިދާލޭސް - ހާމަ-
އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓް ފާސްކުރުމުގެ ޖަލްސާގައި މެމްބަރުންވަނީ، އޮޑިޓަރ ޖެނެރެލަށް ވަރަށްބޮޑަށް ފާޑުކިޔައިފައެވެ. ޖެނެރަލް ކަންކުރާގޮތާ ހިތްހަމަނުޖެހިގެން ވާހަކަދައްކައިފައެވެ. މިވާހަކަތަކަށް ވިސްނާލީމާ ފެންނަނީ އެއީ “ނަގޫނެތް ހިޔަޅުގެވާހަކަ” ކަމުގައެވެ.
ނަގޫނެތް ހިޔަޅަށް ވީގޮތަކީ، ވައްކަންކުރުމަށްޓަކައި ތަނަކަށްވަދެ އުޅެނިކޮށް، ދަންތުރައެއްގެ ދަށުވެގެން ނަގޫބުރިވީއެވެ. ދެން، ބޭސްއަޅައި ފަސޭހަވީމާ ނުކުމެ، ހަޅޭއްލަވައި ހުރިހާ ހިޔަޅު އެއްކޮށްފައި ބުންޏެވެ. “ކަލޭމެން އެންމެންވެސް އަވަހަށް ނަގޫބުރިކުރާށެވެ. ދަތި ތަންތަނަށް ވަދެއުޅޭއިރު، ނަގޫނެތީމާ ހާދަހާ ފަސޭހައެވެ. އެހާދިގު އެއްޗެއް ފަހަތުގައި އޮތީމާ [...]
ހުރިހާ ' ލިޔުން ' ޕޯސްޓްތައް
“ނަގޫނެތް ހިޔަޅުގެ ވާހަކަ”
ނޮވެމްބަރ 19, 2009 · 0 ހިޔާލު
ޓެގުތަޑް: ލިޔުން
ޑިމޮކްރަޓިކް ސަރުކާރަށް އެއްއަހަރު ފުރުން
ނޮވެމްބަރ 15, 2009 · 0 ހިޔާލު
މާޅޮހު ނަސީރު / ހާމަ ނޫސް
ހަމަގައިމުވެސް، ސިޔާސީ ކުށްވެރީންނެއް ނެތެވެ. ޖަލުން އަނިޔާ ދިނުމެއް ނެތެވެ. މުޒާހަރާކުރުން ޣައިރުޤާނޫނީއެއް ނުވެއެވެ. ޚިޔާލު ފާޅުކުރުމުގައި އަޅުވެތިކަމެއްނެތެވެ.
ޤައުމަށް ހެޔޮއެދޭވެރިޔަކު، ވެރިކަމުން ވަކިވެގެންދާއިރު، އިޤްތިޞާދީގޮތުން ޤައުމު އަނދަވަޅަކަށް ވައްޓާލާނެހެއްޔެވެ. 2008 ގެ “މިނިވަން އިންސާފުވެރި އިންތިޚާބު” އައިއިރު، ދިވެހި ޤައުމުއޮތީ، އިޤްތިޞާދީ އަނދަވަޅެއްގައެވެ. އިޖްތިމާއީ އަނދަވަޅެއްގައެވެ.
ދުނިޔޭގެ އެންމެފަގީރު ޤައުމަކާ އެއްވަރަށް ބޭރުގެ ދަރަނި މައްޗެވެ. ޤައުމުގެ ޖީޑީޕީގެ 49 ޕަސެންޓަށް ދަރަނީގެ ނިސްބަތްއޮތީ އަރައިފައެވެ. 2008 ނިމުނުއިރު ބޭރުގެ ދަރަނި 7 [...]
ޓެގުތަޑް: ލިޔުން
ނަމޫނާ ޑިމޮކްރެސީ އިން ޑިމޮކްރެސީ އަކަށް ވާޞިލްވުމުން، ބުޅާ ނުއުޅޭ ގައުމެއްގައި އުޅޭ ހައު ކުކުޅުގެ އުޅުމަށް ތިމާމެން ބަދަލުވާންޖެހޭ ހެއްޔެވެ؟
ނޮވެމްބަރ 11, 2009 · 0 ހިޔާލު
މިއަދަކީ އުފާވެރި ދުވަހެކެވެ. އެވޭލާ ޒަމާނުއްސުރެ މިގައުމުގައިއޮތް ގޮށްމުށުގެ ވެރިކަމާއި، ޚުދުމުޚްތާރު އުސޫލުތައް ނިމުމަކަށް ގެނެސް، ދިވެހި ރައްޔިތުން ގައުމަށް ޑިމޮކްރަސީ ގެނެސް، އައުވެރިކަމެއް ޚިޔާރު ކުރިތާ އަހަރު ފުރޭދުވަހެވެ. 30 އަހަރަށްފަހު ޖުމްހޫރީ ދުވަހެއްގެ އުފާވެރިކަން ފުރަތަމަފަހަރަށް، ހިތަށް ވައްދުވާދޭ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. މިމުނާސަބާގައި، މިގައުމަށް ޑިމޮކްރަސީ ގެންނެވުމުގައި މަތިވެރި އެތައް ގުރުބާނީއެއް ވެވަޑައިގަތް އެންމެހާ ދިވެހިންނަށާއި، އެމް.ޑީ.ޕީ ގެ ހިތްވަރުގަދަ މެމްބަރުންނަށް ތަހުނިޔާ މުބާރިކްބާދު އަރިސް ކުރަމެވެ. ވަކީން ޚާއްސަކޮށް [...]
ޓެގުތަޑް: ލިޔުން
ވިސްނަވާށެވެ!
ނޮވެމްބަރ 9, 2009 · 0 ހިޔާލު
ތިރީގައި މި ނަކަލު ކޮށްލަނީ ލިއުންތެރިއެއްގެ ލިއުމަކުން ނަގާފައިވާ އަގުހުރި، ޢިބްރަތްތެރި ބަސްކޮޅެކެވެ. ރައްޔިތުންގެ ވެރިކަމެއްގައި، ކަންތައްތައް އިސްލާހުކޮށް ރަގަޅުކުރުމަށް، މަސައްކަތް ކުރަމުންދާހިދު، މުޖްތަމަޢު ރަގަޅުވެގެންދާނީ އަޅުގަޑުމެން އެންމެންވެސް، އެއް ނިޔަތެއްގައި މަސައްކަތް ކޮށްގެންކަން ޔަގީނެވެ. ޚިޔާލުގެ ތަފާތަކީ، ޒާތީވުމަށް މެދުވެރިވާ ސަބަބެއް ކަމުގައި އަޅުގަޑުމެން ބަލައިގެންނުވާނެއެވެ. ހަމައެހެންމެ، ވަކިމީހަކަށް ހެއޮކަމެއް ކޮށްދިނުމުގެ ނިޔަތެއްގައި، ރައްޔިތުންނަށް އެކަމަކުން މަންފާއެއް ނުކުރާނެ އެއްވެސް ކަމެއް ރައްޔިތުންގެ ނަމުގައި، ނިންމުމާއި އެފަދަ ކަންކަމަށް ތާއީދު ކުރުމަކީ، ޖަމާޢަތުގެ ހައްގުގައި އަޅުގަޑުމެން [...]
ޓެގުތަޑް: ލިޔުން
ތިމާވެށީގެ ބައްޕަ – މި ވެށީގެ ހަލާކު
ނޮވެމްބަރ 6, 2009 · 0 ހިޔާލު
30 އަހަރު ވަންދެން މިގައުމުގައި، ބާރުގަދަ އަނިޔާވެރި ވެރިކަމެއް ކުރެއްވި މައުމޫނަކީ ވަރަށްވެސް އަމިއްލަ އެދުންބޮޑު، ދެއްކުންތެރިކަމާއި، އަބުއިކަން އޭގެ އިންތިހާއަށް ގޮސްފައިވާ ކިބުރުވެރި ބޭފުޅެކެވެ. ރައްޔިތުންގެ ފައިސާ އިސްރާފު ކުރެއްވުމުގައި ހަމައެއް އިންސާފެއް ނެތުމާއި، ވައްކަމާއި، ޚިޔާނާތް ތެރިންގެ އަމަލުތަކާއި، މަސްތުވާ ތަކެތީގެ އަމަލުތައް ހުއްޓުވުމަށް އެކަށޭނަ މަސައްކަތެއް ކުރައްވައި އަހައްމިއްޔަތު މިކަންކަމަށް ދެއްވާފައި ނެތުމީ، މައުމޫނަކީ ދީނީ ޢިލްމުވެރިއެއް ކަމުގައި، އޭނާ ކުރައްވާ ދަޢުވާއާ ޝައްކު އުފެދޭ ކަމެކެވެ. ކޮންމެ ކަމެއްވެސް އޭނާ ކުރައްވާފައިވަނީ [...]
ޓެގުތަޑް: ލިޔުން
ލޮޖިކް – ތިމާގެ ބުއްދި އާއި މެދު އޮތީ ކޮން އިތުބާރެއް؟
ނޮވެމްބަރ 6, 2009 · 0 ހިޔާލު
ވަތަން
އިސްލާމްދީނުގެ އަސްލުތަކާއި މެދު (ކުޑަމިންވަރަށް ޢިލްމު ލިބިފައިވާ ) އިންސާނާ ކިރާމިންގަޑެއްކަމުގައި “ލޮޖިކްސް – އިންސާނާގެ ބުއްދި ނިންމާ ގޮތަށް ރިޔާޢަތް ކޮށް ގޮތްނިންމަމުން އައީ އިއްޔެ އަކު މިއަދަކު ނޫނެވެ. އިންސާނާ ދެކިފައިވާ ދިގު ތާޜީޚީ މާޒީގައި އިންސާނާ މަގުފުރެދުމުގެ އަސްލެއްކަމުގައި ވެފައިވާ އެކައްޗެކީ ލޮޖިކްސްއެވެ. ބުއްދީ ގެ އަލިން ހާލިޤުވަންތަ ކަލާނގެ ދެނެގަތުމަށް އިންސާނާ ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިނަމަވެސް މި ކަމަކީ އިންސާނާ އަށް ކާމިޔާބު ކުރެވޭނެ ކަމެއް ކަމުގައި ނުވުމުން [...]
ޓެގުތަޑް: ލިޔުން
އިއްޔެ ނާށިގަޑު ހިފައިގެން އައި މިއަދުގެ ޢިއްޒަތްތެރި މެމްބަރުންގެ އިޚްލާސްތެރިކަން ކޮބައިހެއްޔެވެ؟
އޮކްޓޯބަރ 28, 2009 · 2 ހިޔާލު
މިރާއްޖޭގައި ނޫނަސް ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެ ގައުމުތަކުގެ ވެރިކަން އެކެއްގެ އަތުން، އަނެކަކުގެ އަތަށް ބަދަލުވެފައިވެއެވެ. ކޮރަޕްޝަނާއި ޚިޔާނާތުން ފުރިފައިވާ އަދި ގައުމުތަކުގެ ތާރީޚް މުޑުދާރުކުރި މީހުންގެ އަތްމަތިންވެސް ގައުމުތަކުގެ ވެރިކަން ބީވެގެންގޮސްފައި ވެއެވެ. އެހެންނަމަވެސް މި ރާއްޖޭގައި މިއޮތް އިދިކޮޅު ޕާޓީ ކަމުގައިވާ ޑީ.އާރް.ޕީ ގެ ޢަމަލުތަކާ އެއްގޮތަށް، ހަރަކާތްތެރިވި އިދިކޮޅު ޕާޓީއެއް، ތާރީޚްގައި މަދުންނޫނީ ފެނިފައިވާނޭ ކަމުގައި ގަބޫލެއް ނުކުރެވެއެވެ. ވެރިކަމަށް އައުމަށް ބޭނުންވެ، ރައްޔިތުންގެ ހައްގުގައޭބުނެ މިބައިމީހުން ހިންގަމުންދާ ޢަމަލުތަކާއި، އަޣުލަބިއްޔަތެއް [...]
ޓެގުތަޑް: ލިޔުން
ހައްގު ހޯދުމަށް އަޑުއުފުލުން
އޮކްޓޯބަރ 20, 2009 · 0 ހިޔާލު
ފަތުރުވެރިކަމަކީ، ރާއްޖެއަށް އެންމެ ގިނަ ބޭރުފައިސާ ވައްދާދޭ އިގްތިސާދީ މަސައްކަތެވެ. މިދާއިރާގައި ހަރަކާތްތެރިވާ ދިވެހިންނަކީ ވަޒީފާގެ ނިސްބަތުން ހިތްހަމަޖެހޭ ވަރަށްވުރެ މާމަދު އަދަދެކެވެ. ގިނަމީހުންނަކީ ސަރވިސް ދާއިރާގެ އެންމެ އާދައިގެ ވަޒީފާ ތަކުގައި ހަރަކާތްތެރިވާ މީހުންނެވެ. ވެއިޓަރުންނާއި ރޫމްބޯއި އިންނެވެ. ލޯންޑްރީ އެޓެންޑެންޓުންނާއި ފަޅުވެރިންނެވެ.
މިދާއިރާގައި މަސައްކަތްކުރާ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ނަމުގައި އުފެއްދުނު ޖަމްޢިއްޔާތައްވެސް މިއަދު ފެންނަމުންދަނީ، ރާއްޖޭގައި، މިއަދު އޮތް ސިޔާސީ އޮއިވަރުގައިޖެހި، މިދާއިރާގައި ހަރަކާތްތެރިވާ މީހުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުންދާތަނެވެ. [...]
ޓެގުތަޑް: ލިޔުން
ކުއްތާ ބިމުގައި ވައްވައް ޖެއްސަކަސް ހަނދަކަށް އަސަރެއް ނުކުރާނެއެވެ.
އޮކްޓޯބަރ 13, 2009 · 0 ހިޔާލު
30 އަހަރުގެ ވެރިކަމަކުން، ވެރިކަމުގެ އަލާނުކެޑި، 80 އިން މައްޗަށް އުމުރުގޮސް، ބަރަވެލި ސްޕީޑްގައި ހެލިފެލިވެ ނުއުޅެވޭވަރުވެ، މިކޮޅަށްވުރެ އެކޮޅާ ކައިރިވުމުން، މުޅިގައުމު ފަސާދަކޮށް، ތަނުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާނީ، ކޮންދީނެއްގެ، ކޮންކަހަލަ ދީންވެރިކަމެއް މީހާގެ ކިބައިގައިހުރި ކޮންފަދަ ދަންނަ ބޭކަލެއްބާވައެވެ؟ ކޮންމެއަކަސް 30 އަހަރަށްފަހު، މީހުން ވެރިކަންކުރާގޮތާއި، ރައްޔިތުންނަށްޓަކާ ކަންކަން ކޮށްދޭގޮތާއި، ގައުމު ހިންގާގޮތް ބަލާދަސްކުރުމަށް، 5 އަހަރުގެ ދައުރަކުން، އެންމެ އަހަރެއް ހޭދަވަންދެންވެސް ކެތްނުވެވިގެން، ނަގޫޖެހިތާ ބޯޖަހަމުން ފުމެއެރުމަކީ، އަޒުހަރުގެ ދަންނަބޭކަލަކު ކުރާނޭ ކަމެކޭ [...]
ޓެގުތަޑް: ލިޔުން
ރޯނެ ބަޔަކު ރޯށެވެ! ހެންޏާ ހޭށެވެ! މިމުޞީބާތަކުން މިންޖެއް ނެތެވެ!
އޮކްޓޯބަރ 12, 2009 · 0 ހިޔާލު
މިއަދަކީވާ ބޮޑުދުވަހަކަށް ވާނެއެވެ! ބާޒާރުމަތިން އިވޭގޮތުގައި މިއީ، ވެއްޓުނު ބޭގެ ރެކޭ ބިލް، ކޮޅެއްގައި ޖެއްސުމަށް، ޕާޓީ ކުދިންނާއި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ މީހުން ބަނޑުމުސާރައަށް ބައްދާނެ ދުވަހެކެވެ! ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށް މާތްﷲ ގަންދީ ހުވައެއް ކޮށްގެންތިބި ބައެއްގެ ނިޔަތާއި، އަމަލުތަކުގެ ތެދުވެރިކަން ދިވެހި ރައްޔިތުންނަށް ފެނިގެންދާނެ ދުވަހަކަށް މިއަދުވާނެއެވެ. 30 އަހަރުގެ ވެރިކަމެއް އެއްވެސް އަމިއްލަ އެދުމެއްނެތި، ލޯލާރިއެއްގައި އިގިލިކުރިވެސް ނުޖައްސައި، މީހަކު ހިންގި [...]
ޓެގުތަޑް: ލިޔުން











