Linking roads for unity and awareness header image 1

ހާލުގެ ދުލުން މިގައުމު ގޮވަމުންދާ ގޮވުމަށް އިޖާބަދޭށެވެ! ގައުމު ޙިމާޔަތް ކުރުމަށް ތެދުވާށެވެ!

މޭ 1, 2012 ·

އަޅުގަޑުމެން ދިވެހިންނަކީ އަބަދުވެސް ދީނަށް ލޯބިކުރާ ގައުމުދެކެ ލޯބިވާ ބައެކެވެ. ތާރީޚްގެ ފަތްފުށްތަކުން މިކަންހާމަވެއެވެ. އެހެނަސް މިއަދު، އަދުގެ ދިވެހިންގެ ތެރޭގައި މިގޮތަށް މިކަން އެބައޮތްބާވައެވެ؟ ނުވަތަ އޮތީ ކިހާވަރަކަށް ހެއްޔެވެ؟ ދީނަކަށް ނިސްބަތްވާ މީހެއްގެ ހިތުގައި އެދީނަކަށް ލޯބިއުފެދުމާއި، އެމީހަކު ނިސްބަތްވާ ގައުމަކަށް މީހެއްގެ ހިތުގައި ލޯބިއުފެދުމަކީ، މީހަކު އުފަންވާ ގައުމަކުން، އެގައުމެއްގައި އޮންނަ ދީނަކުން، ބަހުރުވައަކުން މީހެއްގެ ހިތުގައި އުފެދި އާލާވެގެންދާނެ ކަންތައްތަކެއް ހެއްޔެވެ؟

ނޫނެކެވެ. އަޅުގަޑު ގަބޫލުކުރާ ގޮތުގައި، އެއީ ޅަފަތުގައި ދެވޭ ތަރުބިއްޔަތާއި މީހާއުޅެ ބޮޑުވާ މާހައުލުގެ ތެރެއިން، އެމީހަކު ތަޖްރިބާކޮށް ތަހައްމަލްކުރާ ކަންތައްތަކެއްގެ ތެރެއިން މީހާގެ ކިބައިގައި އުފެދި އަށަގަނެގެންދާ ސިފަތަކެކެވެ. މިއިން އެއްވެސް ސިފައަކީ ބާރަކުން ބިރުދެއްކުމަކުން ފައިސާއަކުން މީހެއްގެ ކިބައިގައި އަށަގެނުވޭނެ ސިފަތަކެއް ނޫނެވެ.

ކާބަފައިންނާއި އެޒަމާންވަނީ މާޒީވެގޮސްފައެވެ. ފެންނަނީ މިޒަމާނެވެ. އިއްޔެއާއި މިއަދެވެ. ކާބަފައިންގެ އުޅުމާއި އެއުރެންގެ ގޮތާއި އުޅުމާއި ގުޅުން މިއަދުމިވަނީ ބަދަލުވެފައެވެ. އެބައިމީހުންގެ ރީތި އަޚްލާގާއި، ދީނީ ވާޖިބުތަކަށް ދެމުންދިޔަ އަހައްމިއްޔަތުކަން މިއަދު އަޅުގަޑުމެންގެ ތެރެއަކު ނެތެވެ. ސަބަބުތައް ގިނަގުނައެވެ. ތަފާތެވެ. [އިތުރު ތަފްސީލް »]

→ 0 ހިޔާލު ލިޔުން

ސިޔާސީ މީދާ

ފެބްރުއަރީ 2, 2012 ·

މީދަލަކީ އަޅުގަޑުމެން ދިވެހިންގެ ދިރިއުޅުމުގައި ވަރަށްގިނަފަހަރަށް އެސޮރުގެ އުދަގޫ ބޮޑުވެފައިވާ ސޫތްޕެކެވެ. އެސޮރުގެ ނުލަފާކަމާއި، އަގަލުކުޑަކަމާއި މީހުންނަށް ޖެއްސުން ކުރުމުގައި މިގިންތީގެ އެހެނިހެންތަކެއްޗަށްވުރެ މިސޮރު އުޅެނީ މާކުރީގައެވެ. މީދާ އުޅޭގެއެއްގައި އެއަށް މީހަކު ގޯނާއެއް ކޮށްފިނަމަ، ސީދާ ހަމައެމީހާގެ ތަކެއްޗަށް މިސޮރު ގެއްލުންދީ ގޯނާކުރެއެވެ. ފުރަމާލޭގެ ގިނަމީހުންނަކީ މިއަދު ‘ހަވާގައި’ ދިރިއުޅެމުންދާ ބަޔަކަށް ވުމުން މީދަލުގެ ލާނެތްކަން އެގި ތަޖްރިބާ ކުރެވިފައިވާ މީހުން މަދުނަމަވެސް ރަށްފުށުގެ ރަށްވެހިން މިއަދުވެސް މިކަން ތަޖްރިބާ ކުރެއެވެ.
ތުނޑު ހަސަނާއި މިސޮރުގެ ވާހަކަ އަހާފައިވާ މީހުންނަށް، މީދަލުގެ އިތުރު ތަޢާރަފަކަށް ބޭނުމެއް ނުވާނެއެވެ. ގޭގޭގެ ރޯނުގައި ހިއްކަން އަޅާފައިހުންނަ އަންނައުނުގެ ތެރެއިން އެސޮރަށް ގޯނާއެއް ކޮށްފި މީހެއްގެ ހެދުމުގައި ދަތްއަޅާ ވީދައެވެ. ނިދާފައި އޮއްވާ ފައިގައި ދަތްއަޅައެވެ. ގޭތެރޭގައި މީހާ އަތްނުފޯރާ ހިސާބު މަތީގައިއޮވެ އެމީހަކާދިމާލަށް އަނގައޮރިކޮށް ވައްތަރު ޖައްސާ ހަދައެވެ. ސައިބޯނިލާ ދަޅުގައި އޮންނަ ސައިބޯނި ކައި ހަލާކުކުރެއެވެ. ނޫނީ ހިފައިގެން ދެއެވެ. ނިދާއެދުގެ ކައިރީގައި ބަހައްޓާފައި ހުންނަ ފައިވާނުގެ ވަދު ކައި، ބުރިކޮށްލައެވެ. ރުއްދަނޑާއި އެހެނިހެން ދަނޑުތަކަށްވެސް ބޮޑެތި ގެއްލުން ދެމުންދިއުމުގެ ސަބަބުން ދަޑުވެރިންވެސް މިސޮރަށް ފާރަވެރިވެ ތިބެއެވެ. [އިތުރު ތަފްސީލް »]

→ 0 ހިޔާލު ލިޔުން

ސަރުކާރު ހިންގާ ޕާޓީއާއި ގުޅުނީ ރައްޔިތުނަށް ފައިދާއަކަށް ކަން 2013 އަދި 2014 ގައި އެގޭނެ

ޖޫން 8, 2011 ·

މި ޤައުމުގެ ޢިޤުސާދު ހަމައަކަށް އެޅުވުމުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތުން އިޤުސާދު ހަމައަކަށް އެޅ ސަރުކާރު ހިންގާ ޕާޓީއާއި ގުޅުނީ ރައްޔިތުނަށް ފައިދާއަކަށްކަން 2013 އަދި 2014 ގައި އެގޭނެ “ރައްޔިތުންގެ ޖީބު މުއްސަނދިވީމަ” އެކަމުގައި އިދިކޮޅު ޑީއާރުޕީގެ ނައިބު ލީޑަރ ކަމުގައި ހުންނެވުމަށްފަހު އެ ޕާޓީން ވަކިވެ ވަޑައިގެން އެމްޑީޕީއާއި މި ދިޔަ މަހު ގުޅިވަޑައިގެންފައިވާ ތޮއްޑޫ ދާއިރާގެ މަންބަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ އެމްޑީޕީއާއި ގުޅިވަޑައިގެންފަހުން ޤާނޫނު ހަދާ މަޖިލީގައި ބޭއްވި ޖަލްސާގައި ފުރަތަމަ ފަހަރަށް ސަރުކާރާއި އެއްކޮޅަށް ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވެފައިވަނީ ”ރައްޔިތުން ބޭނުންވާ ބަދަލު” 2014 ގައި ގެނައުމުން އެ ބަދަލު ރަނގަޅު ކަމަށް ރައްޔިތުންގެ ގަބޫލުކުރާނެ ކަމަށާއި އަދި އެ ބަދަލު އޭރަށް ނައިސްފި ނަމަ ރައްޔިތުން ނުކުމެ ސަރުކާރު ބަދަލުކުރާނެ ކަމަށެވެ. އިތުރަށް ވިދާޅުވޭ

→ 0 ހިޔާލު ޚަބަރު

ޗައިނާއިން 100 މިލިއަން ޔުއާންގެ ހިލޭ އެހީ ރާއްޖެއަށް

މޭ 31, 2011 ·

ޗައިނާ ސަރުކާރުން ރާއްޖެއަށް ދެއްވުމަށް ހަމަޖެހިފައިވާ 100 މިލިއަން ޔުއާން (154 މިލިއަން ޑޮލަރު)ގެ ހިލޭ އެހީގެ އެއްބަސްވުން، “އެގްރީމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް”ގައި ސޮއި ކޮށްފިއެވެ. މިކަމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އާއި، ޗެއަރމަން ވޫ ގެ ކުރިފުޅުމަތީގައި، އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ ޑޮކްޓަރ ޙުސައިން ނިޔާޒެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ޗައިނާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ކޮމާސް ފޫ ޒީޔިންގއެވެ. އިތުރަށް ވިދާޅުވޭ

→ 0 ހިޔާލު ޚަބަރު

ތަސްމީނަށް މިއަދުއޮތް އެންމެ ރަގަޅުގޮތަކީ ޒަޢީމް ހިއްލަވާނެހާ ގޮތަކަށް ހިއްލެވުމަށް، ޒަޢީމުގެ ޕާޓީ އޭނާއަށް ދޫކޮށްލެއްވުމެވެ.

މޭ 28, 2011 ·

މައުމޫނުގެ ވެރިކަމުގެ 30 އަހަރު މާޒީވެ، ޑިމޮކްރަސީގެ އައުބާބެއް، ތާރީޚްގެ އައު ސަފްހާތަކެއް ރާއްޖޭގެ ތާރީޚް ލިޔަންފެށި ކަމުގައިވިޔަސް، މައުމޫނުގެ އުދަގުލާއި އޭނާގެ ދުއްތުރާލުން މިގައުމަށް ސަލާމަތްވެވޭނީ ކޮން ދުވަހަކުން ބާވައެވެ؟ ކޮންމެ ކަމެއްގައިވެސް ހަމަތަކަކާއި ގަބޫލު ކުރަންޖެހޭ އުސޫލުތަކެއް އޮންނާނެކަން ޔަގީނެވެ. ނަމަވެސް މައުމޫނަކީ މިފަދަ އެއްވެސް ކަމަކަށް އިހްތިރާމް ކުރެއްވުމެއްނެތް ބޭފުޅަކުކަން، އިތުރަށްއެގި މިއަދު ހާމަވަމުންދާއިރު، 30 އަހަރުގެ ވެރިކަން އޭނާ ކުރައްވާނެގޮތް، ކަންކަމާމެދު ވިސްނާ ފިކުރު ހިންގާ ބަޔަކަށް، ހާމަވެ އެގޭނެއެވެ. މިކަންކަން ދެނެގަތުމަކަށް އިތުރު އޮޑިޓް ރިޕޯޓަކަށް ބޭނުމެއްނުވެއެވެ. [އިތުރު ތަފްސީލް »]

→ 0 ހިޔާލު ޚަބަރު

ޒާތީ ތަޢައްޞަބާއި ގޮތްދޫނުކުރުމާއި ޚުދުމުޚްތާރު ކަމުގެތެރޭގައި ޑީ.އާރް.ޕީ ފުނޑުފުނޑުވަނީ

މޭ 20, 2011 ·

ރާއްޖޭގެ ތާރީޚްގައި އެންމެގިނަ ދުވަހަށް ވެރިކަން ކުރެއްވި ބޭފުޅެއްގެ ރެކޯޑެއް ހެއްދެވި މއ. ކިނބިގަސްދޮށުގޭ މައުމޫނުގެ ވެރިކަމާއި، ދިވެހި ރައްޔިތުންނަށް އަނިޔާދެއްވުމުގައި މީހުންގެ ހިތްތަކުގައި އޭނާއުފެއްދެވި ބިރުވެރިކަމުން މައުމޫނު ހޯއްދެވި ޤަދަރުވެރިކަމާއި ޝުހުރަތަކީ، ދުވަހަކުވެސް ނިމުމެއް އަތުވެދާނެ ކަމެއްކަމުގައި އެއްވެސް ދިވެއްސަކު ހީކުރިބާވައެވެ. ނުކުރެއެވެ. ނުކުރާކަން ޔަޤީނެވެ. ރައްޔިތުންގެ މުޅިމާލިއްޔާއަކީ ތިމާގެ ޢާއިލީ މިލްކެއް ކަމުގައި ހިތްތަވައި، ޤާނޫނެއް ޤާވާއިދަކަށް ބޯލެންބެވުމެއްނެތި، ޤައުމުގެ ހުރިހާ ބާރުތަކަކަށް ވެރިވެވަޑައިގެން ކުރެއްވި ވެރިކަން، އެކަމުގެ ވަގުތު ޖެހުމާއެކު ނިމިދިޔައީ ހިތަށްވެސް ނުގެނެވޭފަދަ ގޮތަކަށެވެ. އެހެނަސް ވެރިކަން ބަދަލުވުމާއެކު، އެވެރިކަން ނިމިދާންޖެހުނު ސަބަބާއި، ވެރިކަމުގައި ތިމާގެ ޢަމަލުތައް ބެހެއްޓެވުނު ގޮތާމެދު ކުޑަކޮށްވެސް ވިސްނާ ފިކުރު ހިންގެވުމެއްނެތި، މައުމޫނު ގަސްތު ކުރެއްވީ، އަނެއްކާވެސް ޙީލަތާއި، އޮޅުވާލުމާއި ޖައްބާރުކަން ދައްކަވަމުން، އޭނާގެ ވެރިކަމުގެ ތައްޕާހުން ފެންލިބިގެން ތިބިބަޔަކު ހައްލާލައިގެން، ސިޔާސީ ޕާޓީއެއްގެ ނަމުގައި ޕާޓީއެއް ހައްދަވައި ވެރިކަން އޭނާގެ އުގަށް ފިރުކާ ލެއްވުމަށެވެ. [އިތުރު ތަފްސީލް »]

→ 0 ހިޔާލު ލިޔުން

ވޭތުވި އަހަރު ސަރުކާރުން ކޮށްފައިވާ ކަންތައްތަކުގެ ލިސްޓެއް އިވިގެން ދިއުމުން ހައިރާންވެގެންދޭ : ސަރަނގު އާދަމް މަނިކު

މާޗް 4, 2011 ·

ވޭތުވި 2010 ވަނަ އަހަރު ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބަޔަށްޓަކައި މިއަދުގެ ސަރުކާރުން ކޮށްދެއްވާފައިވާ އަގުރި މަސައްކަތްތަކުގެ ލިސްޓެއް އިވިވަޑަގެންނެވުމުން ހައިރާންވެ ވަޑައިގަންނަވާ ކަމުގައި މާލޭ ސިޓީގެ މޭޔަރު ސަރަނގު އާދަމްމަނިކު ވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު އިއްވެވި ރިޔާސީ ބަޔާނާއި ބެހޭގޮތުން މި ނޫހަށް ދެއްވެވެވި ބަސްދީގަތުމެއްގައި ސަރަނގު އާދަމް މަނިކު ވިދާޅުވެފައިވަނީ ކަންތައް ތަކެއް ކުރެވުނުވަރު އެނގިގެންދާނީ އެއްތަނަކުން ލިސްޓުކޮށްލާފައި ބަލާލުމުން ކަމަށާއި މި ގޮތުން ރައީސުލް ޖުމްހޫރިއްޔާ ގެ ރިޔާސީ ބާޔަނުގައި ވޭތުވެދިޔަ އަހަރުދުވަސް ތެރޭގައި މި ރާއްޖޭއަށް ތަރައްޤީއަށާއި ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރި ކަމަށްޓަކައި މަސައްކަތް ތަކެއް ކުރެވިފައިވާ ކަންއެނގިގެން ހިގައްޖެކަމުގައި ވިދާޅުވިއެވެ. [އިތުރު ތަފްސީލް »]

→ 0 ހިޔާލު ޚަބަރު

އިޖްތިމާޢީ ޢަދާލަތު ޤާއިމުކުރުމަށްޓަކައި ފަރުޟު ޒަކާތުގެ މުހިއްމުކަން

މާޗް 2, 2011 ·

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ސައިޓުން

އިސްލާމީ މުޖްތަމަޢު ހަރުދަނާ މުޖްތަމަޢެއްގެގޮތުގައި ދެމިއޮތުމަށްޓަކައި ގިނަގުނަ ކަންތައްތަކެއް ދީނުގައި ކަނޑައެޅިފައިވެއެވެ. މީގެ ތެރެއިން އެންމެ މުހިއްމު އެއްކަމަކީ ފަރުޟު ޒަކާތް އަދާކުރުމެވެ. ކަމުގެ މުހިއްމުކަމުން އެއީ ދީނުގެ ރުކުނެއް ކަމުގައި ކީރިތިވަންތަ الله ވަނީ ކަނޑައަޅުއްވައިފައެވެ. އެހެންކަމުން، ޒަކާތް ވާޖިބުވާވަރުގެ ތަނަވަސްކަން ހުރި މީހެއްނަމަ، އެ މީހެއްގެ މުދަލުން ޒަކާތް ދައްކަންޖެހޭނެއެވެ. ނޫންނަމަ އެ މީހެއްގެ ދީން ފުރިހަމައެއް ނުވާނެއެވެ. [އިތުރު ތަފްސީލް »]

→ 0 ހިޔާލު ދީނީ މަޢުލޫމާތު

އިލްޔާސް، އިމިގްރޭޝަނުން ހައުސިންގ މިނިސްޓްރީ އަށް

ފެބްރުއަރީ 23, 2011 ·

މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ގެ މަގާމުގައި ހުންނެވި އިލްޔާސް ޙުސައިން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވައަރމަންޓްގެ މަގާމަށް ޢައްޔަން ކުރައްވައިފިއެވެ. އަދި ކުރިން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމުގައި ހުންނެވި، ޢަބްދުﷲ ޝާހިދު މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ގެ މަގާމަށް ހަމަޖައްސަވައިފިއެވެ. [އިތުރު ތަފްސީލް »]

→ 0 ހިޔާލު ޚަބަރު

ޕާޓީ އުފެއްދުން.. އަދިވެސް ފޯރީގައި ކުރިއަށް

ފެބްރުއަރީ 19, 2011 ·

-ހަސަން-
އިސްލާހަށްޓަކައި ޕާޓީ އުފެއްދުން މަޑުޖެހުނު ކަމުގައި ހީކުރެވުނު ނަމަވެސް ޕާޓީ ހެދުމުގެފޯރި އަދިވެސް އޮތީ ހަމަކުރިއަށެވެ. ރީކޯ އިބްރާހީމް މަނިކުވެސް ޕާޓީ ހެއްދެވީ އިސްލާހަށް މަސައްކަތް ކުރެއްވުމަށެވެ. ޕާޓީގެ އޮފީހަކީ އޭނާގެ ގެކޮޅުގެ ސިޓިންގ ރޫމްއެވެ. އަމީން ޢާއްމުއަކީ ގޭގައި ބާޒާރުކުރާ މީހާއެވެ. ސެކްރެޓަރީ ޖެނެރަލްއަކީ ގޭތެރޭގެ މަސައްކަތުގައި ގެންގުޅުއްވާ މީހާއެވެ. އެހެންކަމުން ޕާޓީއެއް ހިންގުމަކީ އެހާ އުދަގޫކަމެއްނޫނެވެ. އައި.ޑީ ކާޑެއް އަތުޖެހޭގޮތް ވެއްޖެނަމަ ކޮޕީއެއްނަގައި ފޯމު ފުރާލައިގެންވެސް 3000 ސޮއި ހަމަކުރެވިއްޖެނަމަ، ޕާޓީއެއް ނުއުފައްދަންވީ އެއްވެސް ސަބަބެއް ނެތެވެ. [އިތުރު ތަފްސީލް »]

→ 0 ހިޔާލު ލިޔުން